ބަޖެޓުގެ އަމާޒު
2023 ވަނަ އަހަރުގެ ބަޖެޓު ރާވާ އެކުލަވާލެވިފައި ވަނީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައިވާ ކަންކަން ނިންމުމަށާއި، އަސާސީ ހިދުމަތްތަކާއި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޕްރޮޑަކްޓިވް ކެޕޭސިޓީ އިތުރުކޮށްދޭފަދަ ނުނިމި ހުރި ބޮޑެތި މަޝްރޫއުތައް ނިންމުމަށެވެ.
ފޮތްފޮތާއި ޑޭޓާ
ބަޖެޓު ފޮތް
މިއީ ކުރިއަށް އޮތް އަހަރަށް އަންދާޒާކުރާ ބަޖެޓާބެހޭ މައުލޫމާތު ހިމެނޭ ފޮތެވެ.
ބަޖެޓު ލުއިފޮތް
މިއީ ކުރިއަށް އޮތް އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާބެހޭ މައުލޫމާތު ޚުލާސާކޮށް ދައްކުވައިދޭ ލުއިފޮތެކެވެ.
ބަޖެޓު ބަޔާން
މިއީ ކުރިއަށް އޮތް އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހަށް ދެއްވާ ބަޔާނެވެ.
ބަޖެޓު ޑޭޓާ
މިއީ އެކްސެލް ފޯމެޓުގައިވާ ބަޖެޓު ފޮތުގައި ހިމަނައިފައިވާ އާމްދަނީ އާއި ޚަރަދުގެ ތަފުސީލު ހިމެނޭ ތާވަލުތަކެވެ.
އޮފީސްތަކުގެ ބަޖެޓު
މިއީ އެކްސެލް ފޯމެޓުގައިވާ އޮފީސްތަކަށް އަންދާޒާކުރާ ބަޖެޓުގެ ތަފުސީލެވެ.
އާމްދަނީ އާއި ޚަރަދު
އާމްދަނީ
32,098
މިލިއަން ރުފިޔާ

ދައުލަތުގެ މައިގަނޑު އާމްދަނީއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އާއި، ޓްކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ އާއި، ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ. 2023 ވަނަ އަހަރު ޖުމުލަގޮތެއްގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވިފައި ވަނީ 32,098.3 މިލައަން ރުފިޔާއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2023 ވަނަ އަހަރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކުރެވެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

ޚަރަދު
40,718
މިލިއަން ރުފިޔާ

ދައުލަތުން ކުރާ މައިގަނޑު ޚަރަދުތައް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދާއި ރައްޔިތުންނަށް ދުވަހުން ދުވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ (ރިކަރަންޓް ޚަރަދު) ޚަރަދެވެ. ހަމަމިއާއި އެކު، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހަރުމުދަލަށް ހޭދަވާ ޚަރަދުތައްވެސް (ކެޕިޓަލް ޚަރަދު) ހިމެނެއެވެ.

2023 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމުލަ ޚަރަދަކީ 40,557.8މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.

ޑެފިސިޓް
8,620
މިލިއަން ރުފިޔާ

ދައުލަތުގެ މައިގަނޑު އާމްދަނީއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އާއި، ޓްކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ އާއި، ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ. 2023 ވަނަ އަހަރު ޖުމުލަގޮތެއްގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވިފައި ވަނީ 32,098.3 މިލައަން ރުފިޔާއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2023 ވަނަ އަހަރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކުރެވެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

2022 ގެ ބަޖެޓުން އެކިއެކި ބައިބަޔަށް ޚަރަދު ބެހިފައިވާ ގޮތް
ސިއްހަތު
5,043
މިލިއަން ރުފިޔާ

ބަޖެޓު 2023 ގައި މިދާއިރާގެ މުވައްޒަފުންގެ ޚަރަދަށް 2,469 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ.

އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ކުރާ ޚަރަދު
10,525
މިލިއަން ރުފިޔާ

މިބައިގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަސައްކަތްތެރިންނާއި ވިޔަފާރިވެރިން ކުރިއެރުވުމަށާއި އިގުތިސާދު ސިންދަފާތުކުރުމަށް ކުރެވޭ ޚަރަދުތަކަށެވެ.

ތައުލީމު
4,648
މިލިއަން ރުފިޔާ

މަތީ ސާނަވީ ތައުލީމުގެ ޚަރަދަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި 857 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ.

ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތް
2,825
މިލިއަން ރުފިޔާ

މިބައިގައި ހިމެނޭ ބައިތަކުގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ހިދުމަތްތަކަށް 2023 ވަނަ އަހަރަށް ބަޖެޓުކޮށްފައިވާނެއެވެ. މިބައިގައި ދެން ހިމެނިފައިވާނީ ބޯފެން ފޯރުކޮށްދިނުމަށް ކުރާ ޚަރަދެވެ.

އިޖުތިމާއީ ރައްކާތެރިކަން
3,916
މިލިއަން ރުފިޔާ

މިބައިގެ ޚަރަދުތައް ހިނގަނީ ހަމަހަމަ މުޖުތަމައެއް ގާއިމުކުރުމަށެވެ.

ތިމާވެށި ރައްކާތެރިކުރުން
2,006
މިލިއަން ރުފިޔާ

މިބައިން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި ކުނި މެނޭޖްކުރުން، ފެންހިންދުމުގެ ނިޒާމު ގާއިމުރުން އަދި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަންކަން ހިމެނެއެވެ. މިގޮތުން އެކި ރަށްރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 822.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ދިފާއީ ކަންތައްތައް ބެލެހެއްޓުން އަދި އަދުލު އިންސާފާއި އަމަންއަމާންކަން ޤާއިމުކުރުން
1,844
މިލިއަން ރުފިޔާ

މިބައިގެ އެންމެ ބޮޑު ޚަރަދެއް ކުރެވެނީ އަމަންއަމާންކަން ގާއިމުކުރުމަށާއި ރާއްޖޭގެ ބޯޑަރު ކޮންޓްރޯލްކުރުމަށެވެ.

ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތާއި، އިޖުތިމާއީ އަދި ދީނީ ޚިދުމަތް
7,591
މިލިއަން ރުފިޔާ

ރައްޔިތުންނަށް ދެވޭ އާންމު ހިދުމަތްތަކަށް 2023 ވަނަ އަހަރު ޖުމުލަ 2,039.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގާނޫނުތައް ހެދުމާއި، މާލީ އަދި ފިސްކަލް ކަންތައްތަކާއި ޚާރިޖީ ސިޔާސަތުތަކަށް ކުރާ ޚަރަދަށް 1,815.5 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އާންމު ހިދުމަތްތަކަށް ބަޖެޓުކޮށްފައިވަނީ 195.3 މިލިއަން ރުފިޔާއެވެ.

އިޖުތިމާއީ އަދި ދީނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ. މިގޮތުން 2023 ވަނަ އަހަރުގެ ބަޖެޓުން އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޚަރަދުކުރުމަށް 957.7 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި ވެއެވެ. މިބަޔަށް ކުރެވޭ ޚަރަދުތަކަށް އަލިއަޅުވާލާއިރު ދީނީ ހިދުމަތަށް 369.6 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު މުނިފޫހި ފިލުވުމަށާއި ކުޅިވަރު ހަރަކާތްތަކަށް ޚަރަދުކުރުމަށް 430.7 މިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ.

ދަރަނި އަދާކުރުމަށް 2023 ވަނަ އަހަރު 5,537.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ. މި ބައިން 2,101.1 މިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް އެކަށައެޅިފައިވާއިރު، ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށް ކަނޑައެޅިފައިވަނީ 3,436.8 މިލިއަން ރުފިޔާއެވެ.

Ministry of Finance
Ameenee Magu, Block 379, Male'
Republic of Maldives

Tel: 1617
Tel: +(960) 334 9200
Fax: +(960) 333 8034

E-mail: [email protected]